ރޭ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ސ.ހިތަދޫ އެތީނާގެ، ހުސެއިން ޝިޔާރު 19އ. އެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި އޭނާގެ ބޮލުގެ ދެ ތަނަކަށާއި ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ރޭ ހޮސްޕިޓަލުން ބުނި ނަމަވެސް އޭނާއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ.
އޭނާ މަރުވީ ހެނދުނު 10:45 ހައިރު ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ، މިހާދިސާ އާއި ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ހިތަދޫ ޕޮލިސް ސްޓެޝަނުން ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.