Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ހުޅުމީދޫގެ ހަތަރު މަގެއް ހަދަން 11.3 މިލިއަން ރުފިޔާ

ހުޅުމީދޫގައި 1.32 ކިލޯމީޓަރުގެ 4 މަގު ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހައުސިންގް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ހުޅުމީދޫގެ މަގުހެދުމަށް އެއްބަސްވެފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެމްއާރްޑީސީ)އާއި އެކުއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ހުޅުމީދޫގެ 4 މަގު ހެދުމަށް ހަމަ ޖެހިފައިވަނީ ގާ އަތުރައިގެންނެވެ. މިކަަމަށް ދައުލަތުން 11.3 މިލިއަން ރުފިޔާ ހޭދަ ކުރާއިރު މަޝްރޫއު ނިންމުމަށް ދީފައި ވަނީ 159 ދުވަހެވެ.