Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ފ. އަތޮޅުގެ ކުރީގެ މެންބަރު އަބްދުލްގަފޫރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އަބްދުލްގަފޫރު އިބްރާހިމް މިއަދު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޭނަ އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަބްދުލްގަފޫރަށް ސްޓްރޯކެއް ޖެހުނު އިރު އޭނާ ގެންދެވީ ކިޑްނީ ބައްޔަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.

އަބްދުލްގަފޫރު މަޖިލީހުގެ މެމްބަރުކަން ކުރެއްވީ 2004-2009 އަށެވެ.