Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ވެމްކޯއިން ހިލޭ އިލެކްޓްރޯނިކް ކުނި އުކައި ދެނީ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި - ފޮޓޯ: ޕީއެސްއެމް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގައި އިލެކްޓްރޯނިކް ކުނި ހިލޭ އުކާލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލީ ދުނިޔޭގެ އީ-ވޭސްޓް ނުވަތަ އިލެކްޓްރޯނިކް ކުނީގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ވެމްކޯއިން ބުނީ މިއަދު ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ހުރި ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ހިލޭ މި ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

އީ-ވޭސްޓް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 14 ގަ އެވެ.