Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފޮރެންސިކް ފިންގަޕްރިންޓް ފޮޓޯގްރަފީ ވޯކްޝޮޕެއް

ފުލުހުންގެ ފޮރެންސިކް މުވައްޒަފުންނަށް، ފޮރެންސިކް ފިންގަޕްރިންޓް ފޮޓޯގްރަފީ ވޯކްޝޮޕެއް ފަށައިފި އެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްއާ ގުޅިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި، މީހުން ދެނެގަތުމަށް ފިންގަޕްރިންޓު ފޮޓޯ ނަގާނެ ފަހުގެ އީޖާދީ އުކުޅުތައް ދަސްކޮށްދޭނެ އެވެ. މިއަދުން ފެށިގެން މި މަހުގެ 18 އަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި، މާލެ އާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ކްރައިމް ސީން އޮފިސަރުންނާއި ފިންގަޕްރިންޓް އެނަލިސްޓުން ހިމެނޭހެން 17 ފުލުހުން ބައިވެރިވެ އެވެ.

މި ވޯކްޝޮޕްގައި ކިޔަވައި ދެއްވަނީ އެމެރިކާގެ ފޮރެންސިކް ސްޕެޝަލިސްޓެއް ކަމަށްވާ ތޯމަސް ކިމްބްރިއެލް އެވެ.