Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ނަސީރު އަލުން އެޑްވައިޒަރަކަށް ބަދަލުކޮށްފި

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހުންނެވި އަހުމަދު ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް އަލުން އޭނަ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.

އޭނަ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މިނިސްޓަރެއްގެ ފެންވަރުގައި ފުރަތަމަ އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގަ އެވެ. އޭގެ ފަހުން ނަސީރު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބަދަލުކުރީ މިދިޔަ އެޕްރޯލް މަހުގެ ތެރޭގަ އެވެ.

ނަސީރު އަލުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަން ކުރި އިރު، މިހާރު ފިނޭންސް މިނިސްޓަރަކީ މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ނަސީރު ފުރަތަމަ އެޑްވައިޒަރަކަށް އައްޔަންކުރި އިރު، ފިނޭންސް މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު ޝަފީގެވެ.

ނަސީރަކީ ކުރިން އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.