Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން އަނެއްކާ ވެސް އިތުރު ބަޔަކު އަތުލައިގެންފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ މި މަހުގެ 13 ވަނަ ދުވަހު ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، އެތަނުން ބިދޭސީ 7 ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އިދާރާ އިން ބުނީ ބަލައި ފާސްކުރި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށެވެ.