Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ޑޮލަރު ލިބުން ދަތިވުމުން ވިލާ ސިމެންތި އަގުބޮޑުކޮށްފި

ޑޮލަރު ލިބުން ދަތިވުމުން ވިލާ ސިމެންތި ބަސްތާގެ އަގު ބޮޑުކޮށްފި އެވެ.

ވިލާ ހަކަތައިން ވިއްކާ ވިލާ ސިމެންތި ބަސްތާއެއްގެ އަގު މިހާރު ހުރީ 140ރ. ގަ އެވެ. މީގެ ކުރިން ސިމެންތި ބަސްތާއެއް ވިއްކީ 115ރ. އަށެވެ.

މި ބަދަލު ގެނެސްފައިވަނީ ޑޮލަރު ލިބުން ދަތިވުމާއި އަދި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުންނެވެ.

ތިލަފުށީގައި ވިލާ ހަކަތައިގެ ބޮޑު ސިމެންތި ކާރު ހާނާއެއް ހިންގާއިރު، އެ ތަނުން ޕެކްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ސިމެންތި އަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ ސިމެންތި ބްރޭންޑެކެވެ.