Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ޕޯސްޓް އޮފީހުގެ ވެރިންތަކެއްގެ މައްސަލަ އޭސީސީ އަށް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އިސްވެރިންތަކަކަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓިިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ އެތަނުގެ ފަސް މުވައްޒަފެކެވެ. އެއީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަތު ޝަފީގާއި އެސިސްޓެންޓް އެމްޑީ އާމިނަތު ޝަރުމާ އާއި އެގްޒެކެޓިވް ޑިރެކްޓަރު ފާތިމަތު ސީމާ އާއި އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދުގެ އިތުރުން ޑިރެކްޓަރު އާމިނަތު ސުހާނާ އެވެ.

މިކަމާ ގުޅިގެން އޭސީސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.