Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ހުރަވީ ސްކޫލްގައި ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހުޅުމާލޭގެ ހުރަވީ ސުކޫލުގައި ދަރިވަރަކު ކުއްލި ގޮތަކަށް ނިިޔާވެއްޖެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ނިޔާވީ 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާއަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކުރި އެވެ.

އަދި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

މިކަން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ