Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފޭކް ސްލިޕަކުން ޑޮލަރު ގަތް މީހަކު ހައްޔަރަށް

ގިނަ އަދަދެއްގެ ރުފިޔާގެ ފޭކް ސްލިޕއް ފޮނުވައިގެން ޑޮލަރު ގަތް މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ ޒައިދާން މުހައްމަދު ޙާޝިމް، 27، އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ޒައިދާން ވަނީ މަކަރާއި ހީލަތުން 28،000ެ. ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ފޭކް ސްލިޕެއް ފޮނުވައިގެން ޑޮލަރު ގަނެފަ އެވެ. އެކަމަކު އެ ފައިސާ އަނބުރާ ހަވާލުކުރި ކަމަށާއި އަދި ޒައިދާންގެ އަނބިމީހާއާއި އާއިލާއިން ބާކީ ފައިސާ ދޭނެކަމަށް ބުނެފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

މި މައްސަލައިގައި އޭނަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ.