Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ހުޅުމާލޭން މާދަމާ ކުނި ނަގާ ގަޑިއަށް ބަދަލެއް

ހުޅުމާލޭން މާދަމާ ކުނި ނަގާ ގަޑިއަށް ވެމްކޯ އިން ބަދަލެއް ގެނެސްފި އެވެ.

ވެމްކޯ އިން ބުނީ މާދަމާ ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން އޮންނާނީ މާދަމާ ހަވީރު 4 އިން ރޭގަނޑު 8 ޖެހުމާ ހަމައަށް ކަމަށެވެ. އަދި ހުޅުމާލެ ޓްރާންސްފާ ސްޓޭޝަންގެ އޮޕަރޭޝަން ރޭގަނޑު 8 އިން 10:30 އަށް މެދުކެނޑޭނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯ އަކީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.

މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ޚިދުމަތް ދޭން ފެށި ނަމަވެސް މިއަދު ވެމްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދެ އެވެ.