Last Updated: June 12, 17:57
Friday, June 12, 2026
މުނިފޫހިފިލުވުން

"ކިކް" އަށް ރަންދީޕް ސޮއިކޮށްފި

ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ޒުވާން އެކްޓަރު ރަންދީޕް ހޫޑާ، ސަލްމާން ހާން ލީޑް ރޯލް ކުޅޭ "ކިކް" އަށް ސޮއިކޮށްފި އެވެ.

ކާމިޔާބް ގިނަ ފިލްމްތަކެއް ޕްރޮޑިއުސްކޮށްފައިވާ ސާޖިދް ނަދިއަދްވާލާގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ކިކް" އަށް ރަންދީޕް ސޮއި ކުރުމާ އެކު ފާހަގަކޮށްލެވޭ އެއް ކަމަކީ މިއީ ސަލްމާނާއި ރަންދީޕް އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރު ކަމެެވެ. ރަންދީޕް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފެބްރުއަރީ 15 ގައި ރިލީޒްވާ "މާޑާ 3" އިންނެވެ.

"ކިކް"އަކީ ތެލެގޫ ޑައިރެކްޓަރު ސްރެންދަރް ރެޑީ 2009 ވަނަ އަހަރު ގެނެސް ދިން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އެ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ރަވީ ތޭޖާ އާއި ފިލްްމް "ބަރްފީ" އިން މިދިޔަ އަހަރު ބޮލީވުޑަށް ތަައާރަފްވި އިލިއާނާ ޑި ކްރޫޒް އެވެ.

ސާޖިދު "ކިކް" ޑައިރެކްޓް ކުރަނި ހަމަ އެ ނަމުގަ އެވެ. އެހެން ނަމަވެސް ފިލްމްގެ ސްކްރީން ޕްލޭ އަށް ބޮޑު ބަދަލެެއް ގެނެސް ސްކްރީންޕްލޭ ލިޔަނީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ޗެތަން ބަގަތު އެވެ.

އޭނާއަކީ "3 އިޑިއަޓްސް" އާއި މިހާރު ރިލީޒްވާން ތައްޔާރުވެފައި އޮތް "ކައި ޕޯ ޗޭ" ގެ ވެސް ކްރެޑިޓް ވެސް ލިބޭ ފަރާތެކެވެ.