Last Updated: July 11, 19:25
Saturday, July 11, 2026
ޚަބަރު

ތުރުކީއާ އެކު ޑިޒާސްޓާ މެނޭޖްމެންޓުން ގުޅުން ބަދަހި ކުރަނީ

ޑިޒާސްޓާ މެނޭޖްމެންޓް ދާއިރާ އިން ތުރުކީއާ ގުޅުން ބަދަހި ކުރުމަށް ރާއްޖެ އިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ފިލިޕީންސްގެ ވެރިރަށް، މެނީލާގައި ކުރިއަށްދާ "އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓަ ރިސްކް ރިޑަކްޝަން" ގެ ހަވާސާގަ އެވެ.

މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ތުރުކިޔޭގެ ޑިޒާސްޓަ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިޔާ އޮކާއީ މެމިސްއާ ދެމެދު އެވެ.

އެ ބައްދަލުވުމުގައި، ޑިޒާސްޓަ މެނޭޖްމަންޓް ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.