Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

މި އަހަރުގެ 2 ވަނަ ޖޮބް ފެސްޓިވަލް އަންނަ މަހު

ގައުމީ ޔުނިވަސިޓީގެ 'ފަހި ފުރުސަތު" ގެ ދަށުން ބާއްވަމުން އަންނަ މި އަހަރުގެ ދެވަނަ ޖޮބް ފެސްޓިވަލް އަންނަ މަހު ނަމުގައި ޖޮބް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަންނަ ނޮވެމްބަރ މަހުގެ 14 އާއި 15 ގައި ބާއްވާ މި ޖޮބް ފެސްޓިވަލަކީ ރާއްޖޭގައި ވަޒީފާ ފޯރުކޮށްދޭ ފަރާތްތަކާއި ވަޒީފާ ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލްގައި ބައިވެރިވާން ވަޒީފާދޭ ފަރާތްތަކަށް މިހާރު ވަނީ ހުުޅުވާލައިފަ އެވެ. އެގޮތުން ރަޖިސްޓްރޭޝަން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ.

އެމްއެންޔޫ އިން ބާއްވަމުން އަންނަ މި ޖޮބް ފެސްޓިވަލް ކުރިއަށް ގެންދަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް ކުރިއަށް ގެންދާ ގޮތަށެވެ.

މި އަހަރުގެ ފުރަތަމަ ޖޮބް ފެސްޓިވަލް އޮތީ ޖޫން 9 އާއި 10 ގަ އެވެ.