Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

މިދިޔަ އަހަރު 15،551 ސައިކަލު އެތެރެކުރި

މިދިޔަ އަހަރު ރާއްޖެއަށް 15،551 ސައިކަލު އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކުން މިދިޔަ އަހަރު ރާއްޖެއަށް ވަނީ 15،551 ސައިކަލާއި 1347 ކާރު ވަނީ އެތެރެކޮށްފަ އެވެ.

މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ހަލާކުވެ، ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާޅު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.