Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ސައިކަލް ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި

މާލޭގައި ތަކުރާރުކޮށް ސައިކަލު ވަގަށް ނަގާ މީހަކު އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ ބ. ދަރަވަންދޫ، ވިދުވަރުގޭ، ހުސެއިން ޝާއިފް، 32، އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ޝާއިފަކީ ހައްޔަރާއި ބަންދުގެ ރެކޯޑްގެ ލޮގް ގިނަ މީހެކެވެ. އެގޮތުން މި އަހަރު އެކަނި ވެސް ސައިކަލު ވަގަށް ނަގައިގެން ހަތަރު ފަހަރެއްގެ މަތިން އޭނަ ހައްޔަރުކުރި އެވެ.

މި ފަހަރު ސައިކަލެއް ވަގަށް ނެގި މައްސަގައި އޭނަގެ ބަންދަށް ކޯޓުން ޖެހީ 15 ދުވަހެކެވެ.