ފާތުމަތު ނަހުލާ ލިޔެ، ޑައިރެކްޓްކޮށް ބޮޑު ކާމިޔާބީއެއް ހޯފާދައިވާ ފިލްމް "ޔޫސުފް" މާލޭގެ ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ނަހުލާގެ އެފްބީ ޕޭޖަށް މިއަދު އަޕްލޯޑްކޮށްފައިވާ "ޔޫސުފް" ގެ ޕޯސްޓަރެއްގައި ބުނެފައި ވަނީ "ދަ ބިގެސްޓް ހިޓް އޮފް ދަ ޑެކަޑް ކަމިން ސޫން ޓް ޝްވެކް ތިއެޓާޒް" ކަމަށެވެ. އެހެން ނަމަވެސް ފިލްމް އަޅުވާ ތާރީހެެއް ހާމަކޮށްފައެއްް ނުވެ އެވެ.
"ޔޫސުފް" ގައި ދައްކުވައި ދެނީ މަންމަން ފިރިހެނެއްގެ ދިރިއުޅުމެވެ. ފިލްމްގައި "ޔޫސުފް" ގެ ރޯލް އަދާކޮށްފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން ނިއުމާ މުހައްމަދު، މުހައްމްދު މަނިކުް، ޝީލާ ނަޖީބް، ޒީނަތު އައްބާސް، އަހުމަދު ނިމާލްގެ އިތުރުން ރަވީ ފާރޫގެވެ. މި ފިލްމް ސިނަމާތަކަށް އައިސްފައި ވަނީ 2008 ވަނަ އަހަރު އެވެ.
ސާކް ފިލްމް ފެސްޓިވަލްގައި ވެސް "ޔޫސުފް" ބައިވެރިކޮށްގެން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.