Last Updated: July 17, 06:30
Friday, July 17, 2026
މުނިފޫހިފިލުވުން

'ބިނީ އެންޑް ފެމިލީ' ގެ ވާހަކަ އަދި ކުރިއަށް

އާއިލީ ގުޅުންތަކެއް ދައްކުވައި ދިން މިދިޔަ މަހުގެ މަގުބޫލު ފިލްމު "ބިނީ އެންޑް ފެމިލީ" ގެ ދެވަނަ ބައެއް ހަދަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަކީ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ހިއްސާވެގެން ހެދި ފިލްމެކެވެ. "ބިނީ އެންޑް ފެމިލީ" އަކީ ސަންޖޭ ޓްރިޕާތީ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރޫން ދަވަންގެ އާއިލާ އަށް ނިސްބަތްވާ އަންޖިނީ ދަވަންގެ އަލަތު ފިލްމެވެ. "ބިނީ އެންޑް ފެމިލީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޝާހިދު ކަޕޫރްގެ ބައްޕަ ޕަންކަޖް ކަޕޫރާއި ހިމާނީ ޝިވްޕޫރީގެ އިތުރުން ރާޖޭޝ ޝަރުމާ ހިމެނެ އެވެ.

"ބިނީ އެންޑް ފެމިލީ" ސިނަމާތަކަށް ގެނައީ މިދިޔަ މަހުގެ 27 ގަ އެވެ.