Last Updated: August 2, 16:57
Saturday, August 2, 2025
ޚަބަރު

ޓޫރިޒަމަށް ވިލިގިނލިން 11 ބިމެއް ބީލަމަށް

ޓޫރިޒަމް ވިޔަފާރި އަށް ގއ. ވިލިނގިލިން ބިންތަކެއް ކުއްޔަށް ދޭން ނިންމައި އެ ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިން ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އަދި ޓޫރިޒަމާމާ ގުޅުންހުރި ވިޔަފާރިތައް ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް، ބީލަމަށް ހުޅުވައިލާ ކަމަށެވެ.

ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 12 ގަ އެވެ. މި ބީލަމުގައި ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އެވެ.

އިތުރު މައުލޫމާތު 6820027 އަދި 6822503 އަށް ގުޅައިގެން ހޯދޭނެ އެވެ.