އުރީދޫ މޯލްޑިވްސް އިން ފެށި ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ ޕްރޮމޯޝަނުގައި 8 ނަސީބުވެރިން ހޮވައިފި އެވެ.
އުރީދޫން ބުނީ އަންނަ އަންނަ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި 22 ސައިކަލުގެ ނަސީބުވެރިން ހޮވާނެ ކަމަށެވެ.
އުރީދޫ ކަސްޓަމަރުން 250ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ލިބޭ ސައިކަލުތަކުގެ ތެރޭގައި:
• އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• ޕީސީއެކްސް160 (ކަޅު ކުލަ)
މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.