Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ބީއެމްއެލް ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް / ފޮޓޯ؛ ބީއެމްއެލް

ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ މިންވަރު 1،200 ޑޮލަރަށް އިތުރުކުރަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް މިހާރު ޑޮލަރު ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 750 ޑޮލަރެވެ.

ބީއެމްއެލްއިން ބުނީ ބޮޑުކުރާ ކާޑް ލިމިޓަށް އެދި ދަރިވަރުން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ، ރަޖިސްޓްރޭޝަނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ރަޖިސްޓްރީ ކުރާއިރު ބޭރުގައި ކިޔަވާކަމުގެ ރަސްމީ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.