Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

8 އަހަރުގެ ކުއްޖަކާ ބެހިގެން ބިދޭސީއަކު ހައްޔަރަށް

އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ދެކުނު ޕޮލިސް ސާވިސްގެ ދާއިރާ (ގއ، ގދ، ޏ، ސ) ގެ ރަށެއްގައި 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓްކުރީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އަދި އެ މައްސަލައިފައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ 26 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.