Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީވާން އެދިއްޖެ

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ވީހާވެސް އަވަހަކަށް އެމްއެމްއޭގައި ރަޖިސްޓްރީވުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވީހާވެސް އަވަހަށް އެ އޮތޯރިޓީގައި ރަޖިސްޓާވުމަށް އިލްތިމާސްކުރާ ކަމަށެވެ. ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން، އެމްއެމްއޭގައި ރަޖިސްޓާވާން ޖެހޭ އެންމެ ފަހު ތާރީޚަކީ މި މަހުގެ 30 ވަނަ ދުވަހެވެ.

ރަޖިސްޓްރީ ވާން ޖެހޭނީ އެމްއެމްއޭ އެފްއެކްސް ރެޖިސްޓްރޭޝަން ޕޯޓަލް https://extranet.mma.gov.mv/foreign-exchange ގައި ވާ ރަޖިސްޓްރޭޝަން ފޯމް މެދުވެރިކޮށެވެ.

ބޭރު ފައިސާގެ ޤަވާއިދަށް ގެނައި ބަދަލާ ގުޅިގެން ޓުއަރިޒަމް ދާއިރާ އިން އާމްދަނީ ލިބޭ މީރާގައި ރެޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތެއްވެސް ލިބޭ އާމްދަނީ ބޭންކަށް ޖަމަޢުކުރަން ލާޒިމް ވެއެވެ. އަދި ގްރީން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކާއި ސާފާރީ އުޅަނދުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު ބޭންކަށް މާރު ކުރަން ޖެހެ އެވެ. އަދި ހައުސްތަކުން މާރު ކުރަން ޖެހެނީ 25 ޑޮލަރެވެ.