Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އުތުރު ވައިޓް އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުހެ އަތޮޅުތަކަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހަވީރު 4:15 އިން ފެށިގެން މިރޭ 10:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އުތުރުގެ މޫސުން ގޯސްވެފައިވާ އިރު، މިދިޔަ މަހަކީ މުޅި ރާއްޖެ އަށް ވެސް މޫސުން ވަރަށް ގޯސްވި މަހެކެވެ. އެގޮތުން އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށުގައި ފެން ވެސް ބޮޑުވި އެވެ.