Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަދާލަތުގެ ނައިބު ރައީސުންނަށް ދެ ބޭފުޅަކު އައްޔަންކޮށްފި

އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު އައްޔަނު ކޮށްފި އެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ އެ ޕާޓީގެ ހުސްވެފައިވާ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނު ކޮށްފައިވަނީ ރޭ ކުރިއަށް ގެންދިޔަ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އައްޝައިޚް އަބްދުالله ރަޝީދު އަދި އައްޝައިޚް މުހައްމަދު ޝިފާން އެވެ. އަދި އެ ޕާޓީގެ ހަޒާންދާރުގެ މަގާމަށް ވަނީ އައްޝައިޚް ހުސައިން އަންޞާރު އައްޔަނު ކޮށްފަ އެވެ.

އަދާލަތުގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.