Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

އެމްއޭސީއެލްގެ ބޯޑުން ނޫރައްދީން ވަކިކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނޫރައްދީން ވަކިކޮށްފި އެވެ.

އެމްއޭސީއެލްގެ ބޯޑު މެންބަރުންކަމުން ނޫރައްދީން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް މި ނިންމުން ނިންމި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައެއް ނުވެ އެވެ.

ޑިރެކްޓަރުންގެ ގޮތުގައި އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ފަސް މެމްބަރުންނެވެ. އެއީ

1- އިބްރާހިމް ޝަރީފް – މެނޭޖިން ޑައިރެކްޓަރު

2- އިބްރާހިމް ސިޔާދު ގާސިމް

3- އިބްރާހިމް މަހުދީ

4- ސަހަރު ވަހީދު

5- މުހައްމަދު ރިޔާޒު

ނޫރައްދީން އެމްއޭސީއެލްގެ ބޯޑުން ވަކި ކުރިއިރު، މިދިޔަ ފެބްރުއަރީ މަހު މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ އެމްއޭސީއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.