Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭ ފޭސް ދޭއްގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެތަނުގައި އަލިފާން ރޯވެގެން ރިޕޯޓުކުރީ މިއަދު ހަވީރު 4:00 ހާއިރު ކަމަށެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތް ހުޅުމާލޭ ފަޔާ އެންޑް ރެސްކިއު ޓީމުން ކުރަމުން އަންނަ ކަމަށް ވެސް އެތަނުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެކޮމޮޑޭޝަން ބްލޮކްގައި ރޯވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.