Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ފަނޑިޔާރުންގެ މައިންބަފައިންނަށް އިންޝުއަރެންސް ހޯދަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައިންބަފައިންނަށް އަހަރު ދުވަހަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަން އެ ކޯޓުން ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ އިންޝުއަރެންސް ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުހެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:00 ގެ ރަޖިސްޓްރީވާން ޖެހެ އެވެ.

ރަޖިސްޓްރީވާނީ މި މެއިލް [email protected] އަށް ކުންފުންޏާ ބެހޭ މައުލޫމާތު ފޮނުވައިގެންނެވެ.