Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ގެވެށިއަނިޔާއާ ގުޅޭ ސިމްޕޯސިއަމެއް ބާއްވަނީ

އަންނަ މަހުގެ ތެރޭގައި ގެވެށިއަނިޔާއާ ގުޅޭ ސިމްޕޯސިއަމެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ )އެފްޕީއޭ) އިން ބުނީ އެ އިވެންޓް ބާއްވަން ނިންމާފައި ވަނީ "ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީއެސްއޯ) ސިމްޕޯސިއަމް" ގެ ނަމުގައި ކަމަށެެވެ.

ގެވެށިއަނިޔާއާ ގުޅޭ ސިމްސިއަމެއް ބާއްވަން ނިންމި އިރު، ގެވެށިއަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ އާންމު ކުށުގެ އެއްބާވަތެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ގިނަ އެވެ،.