Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ތިން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާއެކު ތިން މިނިސްޓްރީއަކަށް އައްޔަނު ކުރެއްވި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެ ތިން މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުުރި މޫސާ ޒަމީރާއި ހެލްތު މިނިސްޓަރުކަމުން ފޮރިން މިނިސްޓަރަކަށް ބަދަލުކުރި ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ހެލްތު މިނިސްޓަރަކަށް އައްޔަން ކުރި އަބްދުﷲ ނާޒިމެވެ.

މި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ މަޖިލީހުގައި ވޯޓުގައި ބައިވެރިވި 86 މެންބަރުން އިއްތިފާގުންނެވެ.

ކެބިނެޓަށް ރައީސް ބަދަލުތަކެއް ގެންނެވީ މިދިޔަ މަހުގެ 30 ގަ އެވެ. އެގޮތުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރި ނާޒިމު ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ. އޭނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

މި ސަރުކާރުގެ ކެބިބެޓްގައި 22 މިނިސްޓަރުން ތިއްބަވަ އެވެ.