Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ބީއެމްއެލްގެ އޭޓީއެމް އިތުރު ދެ ރަށަކަށް

އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓު ފުޅާކުރުމަށް އިތުރު ދެ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމް ބަހައްޓައިފި އެވެ.

ބީއެމްއެލްގެ އޭޓީއެމްތައް ބަހައްޓާފައިވަނީ އއ. ފެރިދޫ އަދި އއ. ބޮޑުފޮޅުދޫގަ އެވެ. މި އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނީ މި އޭޓީއެމްތަކާއެކު އއ. އަތޮޅުގައި ބެހެއްޓުނު އޭޓީއެމްތަކުގެ އަދަދު ހަޔަކަށް އަރާފައިވާ ކަަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފް ސާވިސް ބޭންކިން ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.