ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ދެކުނު އެފްރިކާ އަށް ޗާޓަރު ހިދުމަތާއި ޖެނެރަލް ޕެސެންޖާ ސޭލްސް އޭޖެންޓް ޖީއެސްއޭ) އެއް ހޯދަން ހުޅުވާލައިފި އެވެ.
އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ އެއާލައިނުން ބުނީ މި ކަންކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މިކަމާ ގުޅޭ މުއާމަލާތްތައް ކުރަން ޖެހެނީ މި މެއިލްތައް [email protected]/[email protected]/،[email protected] މެދުވެރިކޮށެވެ.