Last Updated: June 10, 13:24
Wednesday, June 10, 2026
ޚަބަރު

ޝަހީމްގެ ތަފްސީރު ކްލާސްތަކެއް ހުޅުމާލޭގައި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ތަފްސީރު ކްލާސްތަކެއް އަންނަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައި ހުޅުމާލޭގެ މިސްކިތެއްގައި ކުރިއަށް ގެންދަން ނިންމައިފަ އެވެ.

ހުޅުމާލޭގެ މަސްޖިދު ރަޝީދުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ތަފްސީރު ކްލާސްތައް ހާއްސަކޮށްފައި ވަނީ ކަހުފް ސޫރަތަށެވެ. އެގޮތުން ހުކުރު ދުވަސްތަޖުގެ މަޢްރިބް ނަމާދަށް ފަހު ކްލާސް ކުރިއަށް ގެންދާނެ އެވެ.

ސޫރަތުލް ކަހްފްގައި ހިމެނޭ މުހިއްމު ވާހަކަތަކުގެ ތެރޭގައި ޢަޤީދާގެ އިމްތިޙާން (ކަހުފު ބާގައިގެ މީހުންގެ ވާހަކަ) އާއި މުދާވެރިކަމުގެ އިމްތިޙާނު (ތަނަވަސްކަމާއި ބަގީޗާތަކުގެ މިލްކުވެރިން) އާއި ވެރިކަމުގެ އިމްތިޙާން (ޛުލްޤަރްނައިން) އަދި
ޢިލްމުގެ އިމްތިޙާން (މޫސާގެފާނާއި ސާލިޙު އަޅާ) ގެ ވާހަކަ ހިމެނެ އެވެ.