Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ހީލަތް ހެދި މީހަކު ހޯދަނީ

މަކަރާއު ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ މ. އަރޫދާގޭ އަބްދުﷲ އިބްރާހީމް، 52، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް އަބްދުﷲ ހާޒިރުވާން އަންގާފައިވެ އެވެ.