Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ރާއްޖޭގައި އަލަށް ތަމްރީނުވި ޑޮކްޓަރުން ދަސްވެނިވެއްޖެ

ރާއްޖޭގައި އަލަށް ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗް ދަސްވެނިވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗުގައި 21 ދަރިވަރަކު ހިމެނެ އެވެ.

އެ ދަރިވަރުންގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްއެންޔޫގައި ސްކޫލް އޮފް މެޑިސިން ގާއިމުކޮށް ކިޔަވައިދޭން ފެށީ 2019 ގަ އަހަރެވެ. އެ ދާއިރާ އިން އެތަނުގައި ކިޔަވައި ދެނީ މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް) ގައި ކިޔަވައިދޭ މުގައްރަރަށެވެ.