Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ބީއެމްއެލުން ހިމަންދޫގައި އޭޓީއެމެއް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އއ. ހިމަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.

ބީއެމްއެލުން ބުނީ ހިމަންދޫގައި ހުޅުވުނު އައު އޭޓީއެމް ސެންޓަރު މެދުވެރިކޮށް ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިން ޚިދުމަތްތައް ލިބޭނެ ކަމަށެވެ. މީގެތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާ ކުރުން ހިމެނެ އެވެ.

ހިމަންދޫގައި ހުޅުވުނު އޭޓީއެމް ސެންޓަރާއެކު ބީއެމްއެލް ވަނީ އއ. އަތޮޅުގައި 7 އޭޓީއެމް ސެންޓަރު ގާއިމްކޮށްފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 92 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 148 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.