Last Updated: August 22, 17:50
Friday, August 22, 2025
ޚަބަރު

ޝެއިޚް މުއިޒް ބުޚާރީގެ ދަރުސް މިއަދު މަރަދޫގައި

މިއަދު ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގެންނެވި ސްރީލަންކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް މުއިޒް ބުޚާރީގެ ޙާއްސަ ދަރުސެއް މަރަދޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މައުލޫތު ލިބިފައިވާ ގޮތުގައި މަރަދޫގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ، މަސްޖިދުލް އިޚްލާސްގައެވެ.

މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޝެއިޚް މުއިޒް ބުޚާރީ އާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އަލް-އަސްރުގެ ފަރާތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މުއިޒް ބުޚާރީގެ ދަތުރުފުޅު އިންތިޒާމްކޮށްފައިވަނީ ނޫރުލް އިސްލާމް ޖަމިއްޔާއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެންނެވެ.