Last Updated: July 3, 18:27
Friday, July 3, 2026
ކުޅިވަރު

އަލިކެފޭ ސްޓްރީޓް ސޮކާ 2013: އެެސްއެމްޓީ އާއި ފްރެންޑްސް ކްލަބް ސެމީއަށް

މިހާރު ގަމުގައި ކުރިއަށްދާ އަލިކެފޭ ސްޓްރީޓް ސޮކަރަގެ ސެމީ ފައިނަލަށް ފޭދޫ އެސްއެމްޓީ އާއި ފްރަންޑްސް ކްލަބް ހޮވިއްޖެ އެވެ.

ރޭ ކުޅުނު މުބާރާތުގެ ކުއާޓަރަ ފައިނަލް ފުރަތަމަ މެޗްގައި ހިތަދޫ ހިތަދޫ މަލްޓީޖީނިއަސް ސިޓީ އާއި އެސްއެމްޓީ ބައްދަލު ކުރި މެޗް އެސްއެމްޓީ އިން ކާމިޔާބް ކުރީ 2-1 ލަޑުންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ މޮޅު ކުޅުންތެރިއަކީ އެސްއެމްޓީގެ ޖޯޒީ ނަންބަރު 4 ހަސަން ވިފާޤް އެވެ.

ރޭގެ ކުއާޓަރ ފައިނަލް ދެވަނަ މެޗްގައި ފްރެންޑް ކްލަބާއި އެފްސީ ލިޓްލް ޓައުން ބައްދަލު ކުރި މެޗް 1-0 ލަނޑުން ކާމިޔާބް ކުރީ ފްރަންޑްސް ކްލަބެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ފްރެންޑްސް ކްލަބްގެ ޖާޒީ ނަންބަރު 7 އިބްރާހިމް މުޙައްމަދު ދީދީ (އިބީ) އެވެ.

މިރޭ މި މުބާރާތުގެ ކުއާޓަރ ފައިނަލް ދެ މެޗްކުޅޭ އިރު ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މަރަދޫ ފެދޫ ޓީމާއި އެފްސީ ކަޅަބެންޗާ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ ފޭދޫ އެފްއާރްޓީ އާއި ގަން ޕޮލިސް ޓީމެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ.