Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ބީއެމްއެލުން 'ސްޓޫޑަންޓް ޕޯޓަލް' ތައާރަފުކޮށްފި

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓް މިހާރު 1،200 ޑޮލަރަށް ބޮޑުކޮށްފައިވާތީ އެކަމަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓޫޑަންޓް ޕޯޓަލްއެއް ތައާރަފުކޮށްފި އެވެ.

އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާ އާއި ޔުނިވަސިޓީ އެންރޯލްމެންޓް ލެޓާ ބޭނުން ވާނެ އެވެ. ގައުމީ ބޭންކުން ބުނީ ޕޯޓަލްގައި ރަޖިސްޓާވުމުން އެއް ދުވަހުގެ ތެރޭގައި ލިމިޓު 1،200 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ނޮޓިފިކޭޝަން މޮބައިލް އެޕްލިކޭޝަނަށް އަންނާނެ އެވެ.

ބީއެމްއެލް އުން ބުނީ ދަރިވަރުންނަށް ދޭ ކާޑް ލިމިޓް އެ ދަރިވރަކު ކިޔަވާ ގައުމުގައި ބޭނުން ކުރަން ލިބޭ އިރު ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން 250 ޑޮލަރު އެހެން ގައުމެއްގައި ބޭނުން ވެސް ކުރަން ލިބޭނެ ކަމަށެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން ނިންމީ މިދިޔަ މަހުގެ 23 ގަ އެވެ. ކުރިން ލިމިޓަކީ 750 ޑޮލަރެވެ.