Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

މެޑޯނާގެ ވޯޓް ކަމަލާ އަށް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓް ދޭނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސް އަށް ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފި އެވެ.

ފްރާންސަށް ކުރި ދަތުރެއް ނިންމާލައި ވޯޓްލާން އެނބުރި އެމެރިކާ އައުމާ ގުޅޭ ގޮތުން އިންސްޓަގްރާމް ޕޯސްޓެއްގައި ވެސް ބުނީ އޭނަގެ ވޯޓް އޮތީ މިހާރުގެ ނައިބު ރައީސް ކަމަލާ އަށް ކަމަށެވެ.

ކަމަލާ އަށް ތާއީދުކުރާ މަޝްހޫރު ތަރިންގެ ތެރޭގައި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އެކްޓަރު ޖޯޖް ކްލޫނީ އާއި ބަތަލާ/ލަވަކިޔުންތެރިޔާ ޖެނިފާ ލޮފޭޒްގެ އިތުރުން ލަވަކިޔުންތެރިޔާ ބިޔޯންސޭ ހިމެނެ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ކަމަލާއާ ވާދަކުރައްވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕެވެ.