Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

އެސްޓީއޯއިން ބޮޑު ވެއާހައުސް ސޭލެއް ފަށައިފި

އެސްޓީއޯއިން ބޮޑު ވެއާ ހައުސް ސޭލެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭ މި ވެއާ ހައުސް ސޭލް ކުރިއަށްދާނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ބޮޑެތި ޑިސްކައުންޓްތަކާއި އެކު ހުސްވީމަ ހުސްވީ"ގެ ނަމުގައި ކުރިއަށްގެންދާ މި ވެއާސް ހައުސް ސޭލްގެ ބްރޭންޑް ތަކުގެ ތެރޭގައި ހިމެނެނީ ހިޓާޗީ އާއި މަކިޓާ އާއި ނިޕޯން ޕެއިންޓް އާއި ރެމިންގްޓަން އަދި ރަސްލް ހޮބްސް އެވެ.

ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްއަކީ 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއާ ހައުސް ސޭލް ކުރިއަށް ދާނެ ގަޑިތަކަކީ:

– 1 ނޮވެމްބަރު 2024 (ހުކުރު) – 17:00 – 18:00 އަށް އަދި 20:00 – 23:00
– 2 ނޮވެމްބަރު 2024 (ހޮނިހިރު) – 16:00 – 18:00 އަށް އަދި 20:00 – 23:00
– 3 ނޮވެމްބަރު 2024 (އާދީއްތަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
– 4 ނޮވެމްބަރު 2024 (ހޯމަ) – 16:00 – 18:00 އަށް އަދި 20:00 – 23:00

މި ވެއާ ހައުސް ސޭލްގެ ތެރެއިން 500ރ. އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއާ ހައުސް ސޭލް ނިމުމުން ނެގޭ ގުރުއަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.