Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސަށް ނާޒިމް އޮސްޓްރޭލިއާ އަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އޮސްޓްރޭލިއާގެ ސިޑްނީ އަށް ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ނާޒިމް އޮސްޓްރޭލިއާ އަށް ކުރައްވާ ދަތުރުފުޅަކީ 67 ވަނަ ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ކޮމަންވެލްތުގެ 53 ގައުމަކުން 700 މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.