Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

އަމިއްލަ އިންޝުއަރެންސް ނުލިބޭ ހާލަތުގައި އާސަންދަ

ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ހާލަތުގައި އާސަންދަ ސްކީމުން ކުރިން ވެެސް ހިދުމަތް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އެ ކުންފުނިން އެގޮތަށް ބުނީ ޕްރައިވެޓް އިންޝުއަރެންސް އޮތް މީހުންނަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން "އައުޓް-ޕޭޝަންޓް" ހިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް ކަމަށް ނިންމުމުން އިންޝުއަރެންސްގެ ހިދުމަތް ދޭ އަމިއްލަ ބައެއް ކުންފުނިތަކުން ކޭޝްލެސްގެ ހިދުމަތް މެދުކަނޑާލުމުންނެވެ.

މިކަމާ ގުޅިގެން އެންސްޕާ އިން އިން އާސަންދައިގެ ހިދުމަތަށް ހުކުރު ދުވަހުން ފެށިގެން ގެނައި ބަދަލުން އެއްވެސް މީހަކަށް ޕްރައިވެޓް އިންޝުއަރެންސްގެ ކަވަރޭޖް ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި ނަމަ އެ މީހަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓް ހުއްޓާލުމުގެ ސަބަބުންކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީ އިން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ،" އެންސްޕާ އިން ބުންޏެވެ.

އެހެންވެ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަކުރަމުންދާތީ އެންސްޕާއިން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.