Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މިއަދު ހިތަދޫ މަސްޖިދުލް އިކްރާމްގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާނީ ޝެއިޚް މުއިޒް ބުޚާރީ

މިއަދު ހިތަދޫ މަސްޖިދުލް އިކްރާމްގައި އިމާމްވެ ހުކުރު ކުރައްވާނީ ސްރީލަންކާގެ މަޝްހޫރް އިލްމުވެރިޔާ ޝެއިޚް މުއިޒް ބުޚާރީ އެވެ.

3 ދުވަހުގެ މުއްދަތަކަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވި ޝެއިޚް މުއިޒް ވަނީ އިއްޔެ ސ.ހިތަދޫ ހިރާ ސްކޫލްގެ ކުދިންނާއި އަދި ބެލެނިވެރިންނާއި ވެސް ބައްދަލުކޮށް ޚާއްސަ ދަރުސްތަކެއް ދެއްވާފައެވެ.

އަލް-އަސްރު ޖަމިއްޔާއާއި ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު ހިތަދޫގެ މަގުތަކުގައި ރޯޑް ޝޯވ އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.