Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މިއަދުގެ ހުކުރު ނަމާދު ސ.ފޭދޫ މަސްޖިދުލް އަމާންގައި ކުރައްވާނީ ޝެއިޚް އާދަމް ޝަމީމް

މިއަދު ސ.ފޭދޫ މަސްޖިދުލް އަމާންގައި އިމާމްވެ ހުކުރު ކުރައްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމެވެ.

3 ދުވަހުގެ މުއްދަތަކަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގައި ކުރިއަށް ގެންދިއުމަށް އިއްޔެ އައްޑޫ ސިޓީއަށް އަލް-އަސްރު ޖަމިއްޔާ އާއި އެކު ވަޑައިގެންނެވި ޝެއިޚް ޝަމީމް ވަނީ އިއްޔެ ވަނީ ހިތަދޫގައި ދަރުސެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އަލް-އަސްރު ޖަމިއްޔާއާއި ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު ހިތަދޫގެ މަގުތަކުގައި ރޯޑް ޝޯވ އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.