Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ފިރިހެން ކުއްޖަކާ ބެހުނު ފިރިހެނަކަށް ދައުވާކޮށްފި

ފުވައްމުލަކުގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްްސަލައެއްގައި އެ ސިޓީން ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިޔަ ހަފުތާގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދައުވާ އުފުލި މީހާ އަކީ ފުވައްމުލަކު، ފުނާޑު ނަވާ، އަބްދުﷲ ވަހީދު މޫސާ، 57 އެވެ.

އޭނަ 14 އަހަރުގެ ފިރިހެން ކުއްޖާއާ ބެހުނު މައްސަލަ ފެންމަތިވީ މި އަހަރުގެ އެޕްރީލް 14 ގަ އެވެ.

އެ މައްސަލައާ ގުޅިގެން ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. ވަހީދުގެ މައްޗަށް ދައުވާކުރި އިރު، ޝަރީއަތް ނިމެންދެން އޭނަ ހުރީ ބަންދުކޮށްފަ އެވެ.