Last Updated: July 26, 16:58
Sunday, July 26, 2026
ޚަބަރު

ބިޔަރު ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް

ހުޅުމާލެ އިން ބިޔަރު ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެ ތަކެތި ފެނުނީ ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ކައިރީގައި ހުރި ދަބަސްތަކެއް ބަަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ލަކުޑި ޖެޓީ ކައިރީގައި ހަވާލުވާނެ މީހަކު ނެތް ދަބަސްތަކެއް ހުރި ކަމަށް އިއްޔެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ދަބަސްތައް ބަލައިފާސްކުރިއިރު 228 ދަޅު ބަނގުރާ ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.