Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ކުޑަހުވަދޫގައި އައިޑީ ކާޑުގެ ހިދުމަތް ފަށައިފި

އައިޑީ ކާޑު، ޕްރިންޓްކޮށް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި މިއަދު ފަށައިފި އެވެ.

އެ ރަށުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

އެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސައިން ޙަމީދާއި ދ. އަތޮޅު ކައުންސިލްގެ ރައީސް އަދި ކައުންސިލް މެމްބަރުންނާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ އިތުރުން ހޯމްލޭންޑް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޑަހުވަދު އަކީ އަތޮޅު ތެރެއިން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދޭން ފެށި ދެވަނަ ރަށެވެ. މިދިޔަ ސެޕްޓެމްބަރު އެ ހިދުމަތް ފެށި ރަށަކީ ގއ. ވިލިނގިއްޔެވެ.

ކުޑަހުވަދޫގައި އައިޑީ ކާޑުގެ ހިދުމަތް ފެށީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާ އެކީގަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެކެވެ.