Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ފިހާރަ އިން ވައްކަންކުރި މީހާގެ ބަންދަށް 20 ދުވަސް

މާލޭގެ މަޖީދީ މަގު ހުންނަ "ޒިއޯންމޮބައިލްސް 4" ފިހާރައިގެ ބިއްލޫރިގަނޑު އިއްޔެ ތަޅާލައި ވައްކަންކުރި މައްސަލައިގައި ހައްުަރު ކުރި މީހާގެ ބަންދަށް 20 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ހއ. މާދަންދޫ، ފިނިރޯޅި، އަހްމަދު ނިޔާޒް، 47، އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ދަބަހެއް ބަލައިފާސްކުރި އިރު، އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ 9 ފޯނު ފެނިފައިވާ ކަމަށެވެ.

ފިހާރަ ފަޅާލައިގެން ވައްކަންކުރީ އިން އިއްޔެ ފަތިހު 5:35 ހާއިރު އެވެ.